Dr Shaheem

Founder’s Message

Praise be to the Lord of all worlds; the most merciful & the most beneficent. Prayers and peace be upon our Prophet, Muhammad, his family and all of his companions.

ILM Institute for Islamic Studies is an institution established to foster a generation of Huffaz who adore the book of Allah and strive to uphold the Islamic identity of the Maldivian society; Spread the teachings of the Quran; Unravel the Islamic sciences developed upon the holy sources, surrounding Arabic language; Promote the principles of Islamic faith, culture, civilization & morality in its entirety; and broaden its understanding within the Maldivian society. Our conviction is to be guided by the sublime Islamic values, maintain contemporary visions, robust principles and uphold earnestness without compromise in edifying the fledgling generation.

Our endeavor is to deliver the highest quality of education with the participation and contribution of locally & internationally qualified individuals who are acclaimed in the respective fields. We shall also maintain academic association with esteemed International Islamic Institutions and exert our best effort to support and sustain the Islamic Academic venture.

We pray Allah almighty to exalt this effort with earnestness & success. May Allah bless the Institute & maintain us on the path of sincerity & integrity.

Dr. Mohamed Shaheem Ali Saeed
Founder

Ilm Institute for Islamic Studies

Dr Shaheem

ފައުންޑާރ ގެ ބަސް

މާތް ﷲ ގެ ޙަޟްރަތަށް ޙަމްދު ތަޢުރީފާއި ޘަނާ ދަންނަވަމެވެ. އެކަލާނގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލު ކުރަމެވެ. ޢިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސްއަކީ ކީރިތި ޤުރުއާން ހިތު ދަސް، އެކަލާމްފުޅަށް ލޯބިކުރާ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ދަމަހައްޓާނެ ޙާފިޒުންގެ ޖީލެއް ބިނާކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޢަރަބި ބަހާއި ޤުރުއާނާއި ގުޅުން ހުރި އެންމެހާ ދާއިރާތަކުގެ ޢިލްމަކާއި އިސްލާމީ ޢަޤީދާއާއި ޘަޤާފަތާއި ޙަޟާރަތާއި އިޤުތިޞާދާއި އަޚުލާޤާއި ތަރުބިޔަތު ކުރިއަރުވައި ދެމެހެއްޓުމުގެ މަތިވެރި މަޤުޞަދުގައި ޤާއިމުކުރެވިފައިވާ އިސްލާމީ ތަޢުލީމީ ތަރުބަވީ ފިކުރީ މުއައްސަސާއެކެވެ. ޢިލްމު އިންސްޓިޓިއުޓުގެ އަމާޒު ޙާޞިލުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާނީ އަމާނާތްތެރިކަމާއި އިޚުލާޞްތެރިކަމާއެކު ޒަމާނީ ތަޞައްވުރެެއްގެ ތެރެއިން ހެދިބޮޑުވަމުން އަންނަ ޖީލަށް އަމާޒުކޮށް ހަރުދަނާ އުޞޫލުތަކުގެ ތެރެއިންނެވެ. ޢިލްމު އިންސްޓިޓިއުޓުން މަސައްކަތްކުރާނީ، ރާއްޖެއާއި ބައިނަލްއަޤުވާމީ އިސްލާމީ ޖާމިޢާތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ ޤާބިލް ޢިލްމީ ފަރާތްތައް މެދުވެރިކޮށް ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ އިސްލާމީ ތަޢުލީމީ މުއައްސަސާތަކާ ގުޅުން ބަދަހިކޮށް އިސްލާމީ ޢިލްމީ ކުރިއެރުން ދެމެހެއްޓުމަށް ގަދަ އަޅައި މަސައްކަތް ކުރާނެއެވެ ދުޢާއަކީ މި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި އަޅުގަނޑުމެންނަށް އިޚުލާޞްތެރިކަން ދެއްވައި ޢިލްމު އިންސްޓިއުޓްޓަށް ފަލާޙާއި ކާމިޔާބު މިންވަރު ކުރެއްވުމެވެ. އެކަލާނގެއީ އިޚުލާޞްތެރިންނަށް މަގު ދައްކަވައި ހިދާޔަތާއި ތައުފީޤު ދެއްވާ ރަސްކަލާނގެ އެވެ.
ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފައުންޑާރ

ޢިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް